ނައިޖީރިއާގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން ކާފިޔު ހިންގާފައިވާ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު 18 މީހުން މަރާލާފައިވާ ކަމަށް އެޤައުމުގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާފިޔު ހިންގަން ފެށިފަހުން މިހައިތަނަށް 105 މީހަކަށް ފުލުހުން ވަނީ ބޮޑެތި އަނިޔާތައް ކޮށްފައެވެ.
އިނގިރޭސިވިލާތުގައި މިހާރު ވަނީ ލޮކްޑައުންގެ މުއްދަތަށް 3 ހަފްތާ އިތުރުކޮށްފައެވެ.