މާލެ އިން އިތުރު 2 ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެ ކަމަސް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ އެއީ އެންމެ ފަހުން ބައްޔަށް ޕޮޒިޓިވްވި MAV023ގެ 2 ކްލޯޒް ކޮންޓެކްޓުން ކަމަށެވެ. އަލަށް ޕޮޒިޓިވް ވި 2 މީހުންގެ ނަމްބަރަކީ MAV024, MAV025 އެވެ.
އެހެންކަމުން މިހައިތަނަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 5 އަށް އަރައިފައެވެ. އެއީ ފުރަތަމަ ޕޮޒިޓިވްވި ދެމައިންނާއި އިތުރު 3 މީހުންނެވެ.