ކާބޯތަކެތި ހޯދުން ފަދަ ޒަރޫރީ ބޭނުންތަކަށް ފިޔަވައި މުޅި ރާއްޖެ ހިމެނޭ ގޮތަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ގެޒެޓްކުރި އަމުރުގައިވަނީ ޕާޓީ ބޭއްވުމާއި ގިނައިން މީހުން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުންވެސް މަނާކޮށްފައެވެ. މީގެ އިތުރުން ކުޅިވަރުކުޅުމާއި މޫދަށް އެރުމާއި އެނޫންވެސް އެފަދަ ހުރިހާ ހަރަކާތްތައް ހުއްޓާލަންވެސް ވަނީ އަމުރުކޮށްފައެވެ.
މާލެ އާއި ރިޒޯޓުތަކާއި ސަފާރީތަކުން ރަށްރަށަށް ގޮސް ތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން ކޮރޯނާއަށް ޝައްކު ކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭއަށް ވީހައި އަވަހަކަށް އަންގަންވެސް އަމުރުގައިވެއެވެ.
ދައުލަތުގެ އަމުރު:
file:///C:/Users/User/Downloads/gazette-49-80%20(3).pdf