ޑެލިވަރީ ކުރަން ދިމުން މުޢާމަލާތު އަވަސްކުރަންވާނެ!: ޑރ. އަފްޒަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޑެލިވަރީ ކުރަން ދިމުން މުޢާމަލާތު އަވަސްކުރަންވާނެ!: ޑރ. އަފްޒަލް

ޑެލިވަރީ ކުރަން ގޭގެއަށް ދިއުމުން ވީހައި އަވަހަކަށް މުޢާމަލާތުކޮށް ނިންމަން ޑރ. އިބްރާހީމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ. 

ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިފަދަ ޙާލަތުގައި އެންމެ ރަނގަޅީ ހޯމް ޑެލިވަރީ ކަމަށާއި ނަމަވެސް އެކަމުގައި ވެސް ރިސްކު ހުންނަ ކަމަށާއި ރިސްކް ހުރި ނަމަވެސް ފދިހާރަތަކަށް ދިއުމަށްވުރެ ރައްކާތެރި ކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ ޑެލިވަރީ ކުރަން ދިއުމުން ތަކެއްޗާއި ޙަވާލުވާން ވާނީ ޞިއްޙަތު ރަނގަޅު މީހަކު ކަމަށާއި އަދި ފައިސާގެ ޓްރާންސެކްޝަން ނިންމައި ވީހައި އަވަހަކަށް ފޮނުވައިލާން ޖެހޭނެ ކަމަށެވެ. 

ޑެލިވަރީ ކުރާ މީހާއަކީ ގިނަ ގެތަކަކަށް ދާ މީހަކަށްވުމުން އިތުރަށް ބަލަން ޖެހޭ މީހެކެވެ. އަދި މަދު ވަގުތުކޮޅެއްގައި ބައްދަލުކުރުމަކީ ބަލި އެރުމުގެ ފުރުޞަތު ކުޑަވެގެންދާ ކަމެކެވެ.

މިއަދު އޮންލައިން