މިހާ ގިނަ ބައަކު ނުރައްކަލަށް ވެއްޓެމުން މިދަނީ ދިރިއުޅުމުގަ ފަރުވާ ކުޑަކަމުން! - ޒިންމާ ނުނަގާނަމަ ނުރައްކާ ބޮޑު!: ޑރ. އަފްޒަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިހާ ގިނަ ބައަކު ނުރައްކަލަށް ވެއްޓެމުން މިދަނީ ދިރިއުޅުމުގަ ފަރުވާ ކުޑަކަމުން! - ޒިންމާ ނުނަގާނަމަ ނުރައްކާ ބޮޑު!: ޑރ. އަފްޒަލް

ކޮވިޑް ބައްޔާއި ގުޅިގެން މިހައި ގިނަ ބައަކު ނުރައްކލުގެ ތެރެއަށް ވެއްޓެމުން މިދަނީ ދިރިއުޅުމުގަ ދަރުވާ ކުޑަކަމުން ކަމަށާއި ރައްޔިތުން ޒިންމާ ނުނަގައިފިނަމަ ކުރިމަތިވާނެ ނުރައްކާ ވަރަށް ބޮޑު ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. 

ޑރ. އަފްޒަލް މިމޭރުމުން ވިދާޅުވީ މާލެއިން މިހާރު ޕޮޒިޓިވް ވެފައިވާ 2 މީހުންނާއި ގުޅިގެން އެމީހުންނާއި ކޮންޓެކްޓްވި 242 މީހުން މިހައިތަނަށް ވެސް ފާހަގަކުރެވުމާއި އެއިގެ ތެރެއިން 82 މީހުންނަކީ ހައިރިސްކް މީހުން ކަމުގައި ވުމުންނެވެ. 

ޑރ. އަފްޒަލް ވިދާޅުވީ މިހާލަތަކީ ބައްދަލުވުންތައް ބާއްވައި ކަންކަން ކުރަންވީ ވަގުތު ނޫން ކަމަށާއި ވާން އޮތް ވަރަކުން މީހުންނާއި ބައްދަލުނުކޮށް އުޅެންވީ ވަގުތު ކަމަށެވެ. އަދި މިކަމުގައި ރައްޔިތުން ފަރުވާތެރި ނުވެއްޖެ ނަމަ ވަރަށް ނުރައްކާތެރި ޙާލަތަކަށް ކަންކަން ހިނގައިދާނެ ކަމަށެވެ. 

މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ އެކަކު 5ސުވަހުގެ ތެރޭގައި 207 މީހުންނާއި ބައްދަލުކޮށްފައި އޮތުމަކީ މިޙާލަތުގައި ވަރަށް ބޮޑަށް ޙައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން