އިތުރު މައުލޫމާތު ހާމަކުރަން ފެށީ ފަރުދީ މަޞްލަޙަތަށްވުރެ ރައްޔިތުން ސަލާމަތްކުރުން މުހިންމު ވީމަ!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އިތުރު މައުލޫމާތު ހާމަކުރަން ފެށީ ފަރުދީ މަޞްލަޙަތަށްވުރެ ރައްޔިތުން ސަލާމަތްކުރުން މުހިންމު ވީމަ!: މަބްރޫކް

ރާއްޖޭގައި ކޮރޯނާ މިހާރު އޮތް ޙާލަތަށް ބަލާއިރު ފަރުދީ މަބްލަހަތަސްވުރެ މުހިންމީ ރައްޔިތުން ސަލާމަތްކުރުން ކަމަށާއި ބައެއް ކޭސްތަކާއި ގުޅިގެން ކުރިން ނުދޭ ތަފްޞީލު މިހާރު ހާމަކުރަނީ އެ މައުލޫމާތު ދިނުމުން ރައްޔިތުންގެ ސަލާމަތްކަމަށް އިތުރަށް މަގުފަހިވާނީ ކަމަށެވެ. 

މަބްރޫކް ވިދާޅުވީ ކޭސް 21، 22 (ދަރިފުޅާއި މަންމަ) ގެ ކޭސްގައި 207 ކޮންޓެކްޓް ފާހަގަކުރެވިފައިވާ ކަމަށެވެ. 'ހައި ރިސްކް-75، މީޑިއަމް ރިސްކް- 43، ލޯރިސްކް- 89" 

23 ވަނަ ކޭސް އާއި ގުޅިގެންވެސް 35 ކޮންޓެކްޓް ފާހަގަކުރެވިފައިވާއިރު އެއިގެ ތެރެއިން 7 މީހުންނަކީ ހައި ރިސްކް މީހުންނެވެ.   

މަބްރޫކް ވިދާޅުވީ މިހައި ގިނަ މީހުން ކޮންޓެކްޓްގެ ގޮތުގައި ނުރައްކަލުގެ ތެރެއަށް މިދަނީ އެޗްޕީއޭގެ އެންގުންތަކަށް އަމަލުނުކުރާތީ ކަމަށެވެ. ޕާޓީ ބޭއްވުމާއި މަސްދަތުރުދިއުމާއި މިނޫންވެސް އެފަދަ ކަންކަން ކުރަމުން ގެންދާތީ ކަމަށެވެ.  

މިއަދު އޮންލައިން