ވެމްކޯގެ އާދޭސް: ކުނި މަދުކޮށްދެއްވާ! އުކާލަން އެއްބާރުލުން ދެއްވާ! ބާރަ ޖަހާއިރަށް ކުނި ނެރެދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވެމްކޯގެ އާދޭސް: ކުނި މަދުކޮށްދެއްވާ! އުކާލަން އެއްބާރުލުން ދެއްވާ! ބާރަ ޖަހާއިރަށް ކުނި ނެރެދެއްވާ!

މާލެ ސިޓީ ލޮކްޑައުން ކުރެވިފައިވާ އިރު ވެމްކޯގެ އާދޭހަކީ އުކާލަންޖެހޭ ކުނި ވީހައި މަދުކޮށްދިނުން ކަމަށާއި ވެމންކޯގެ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެމްކޯއިން ބުނީ ހުރިހާ ގޭބިސީތަކުންވެސް މިއަދު ކުނި ނަގާނެ ކަމަށެވެ. އެދެނީ ޑަބަލްކޮށް ކޮތަޅަށް ލުމަށްފަހު ބޭރަށް ނެރެ އެންމެ ތިރީގައި ބަހައްޓައި ދިނުމަށް ކަމަށާއި މިހާލަތުގައި ވެމްކޯގެ މުވައްޒިފުން އެއްވެސް ގެއަކަށް ނުވަންނާނެ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް މެންދުރު 12 އިން 14.00 އާއި ދެމެދު ކުނިނަގަންދާނެ. ޖާގަހުރި ގޭގޭގަ ޑަސްޓްބިން ބަހައްޓައިގެން ވެސް ކުނި އެޅިދާނެ. މި ވަގުތަކީ ބުޅަލުގެ އުނދަގުލަށާ ވަރަށް ގިނަ ކަންކަމަށް ބަލައިގެން ހަމަޖައްސާފައިވާ ވަގުތެއް!"

ވެމްކޯ އިން ބުނީ ރައްޔިތުން ވަރަށް ގިނަ ޚިޔާލުތައް ހުށަހަޅާ ކަމަށާއި އަމަލުކުރަން މަސައްކަތްކުރަނީ އެންމެ ގިނަ ބައަކަށް ފަސޭހަވާނެ އަދި ކަންކަން ކުރެވެން އޮތް ގޮތަށް ކަމަށެވެ!

ވެމްކޯއިން މި ގެނައި ބަދަލާއި ގުޅިގެން މިހާރު 3 ކަމެއް ކުރަން ޖެހެއެވެ!

1- ކޮތަޅުފުރި ބަންޑުންވާވަރަށް ކުނި ނުއެޅުން

2- ކޮތަޅު ޑަބަލްކުރުން

3- މެންދުރު 12 ޖަހާއިރު ކުނި ނެރެފައި ބެހެއްޓުން

ކޮވިޑާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ގެތަކުން ކުނި ބޭރަށް ނުނެރުމަށާއި އެފަދަ ގެތަކުން ކުނި ނެރޭނީ އެކަމަށް ޚާއްޞަ ހެދުމުގައި އެގެތަކަށް ވަދެ ކަމަށް ވެސް ވެމްކޯ އިން ބުނެފައިވެއެވެ.

 

 

 

މިއަދު އޮންލައިން