ކޮރޯނާ ވައިރަސް އިތުރުވެގަންނަ މިންވަރު ބަޔާންކޮށްދެއްވަމުން ޕްރޮފެސަރ ޤުޤައިލް ވިދާޅުވެފައިވެއެވެ.
"ނިކަން ވިސްނައިލަބަލާށެވެ. ތިމާގެ ހަށިގަނޑުގެ ތެރެއަށް ކޮރޯނާ ވައިރަސް ދެމިގެންފިނަމަ އެއިގެ ކޮންމެ ސެލްއެއްގެ ތެރޭގައި 10000 (ދިހަ ހާސް) ވައިރަސް އުފެދިގެން އެބަދެއެވެ. ދާދި އަވަހަށް (މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި 100 ޓްރިލިއަން ވައިރަސް އުފެދިގެން އެބަދެއެވެ. އެއީ ހިސާބު އަކުރުން ނަމަ 100,000,000,000,000 އެވެ.
ކޮރޯނާ ބަލީގެ ހުރި ނުތރައްކާތެރިކަމުގެ ބޮޑުކަން އެނގޭ ނަމަ ނުވަތަ ވިސްނޭނަމަ ކުޑަދޮރުން ބޭރަށް ބޯ ނެރެލަން ވެސް ބިރު ގަންނަން ޖެހޭ ސަބަބަކީ މިއީއެވެ.