މިއަދު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ދެމައިންނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވަވާނދޭވެ! ބައްޔަށް ކުރިން ފަރުވާ ހޯދަމުން އަންނަ މީހުންނާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަ އެންމެންނަށް ވެސް އަވަސް ޝިފާއެއް މިންވަރު ކުރައްވަވައި ދެއްވަވާނދޭވެ! އާމީން
މިއަދު ގަދަބަދަވި ކޮންމެ މީހަކީ މާދަމާގެ ޝިކާރައަކަށްވެ އެހެން މީހުންގެ ހެޔޮ ދުޢާއަށް ބޭނުންވާ މީހަކަށް ވެދާނެއެވެ!
ވީމާ ބަލިހާލުގައި ތިބި އެންމެންނަށް ވެސް ޝިފާޢަށް އެދި ގިނަގިނައިން ދުޢާކުރާށެވެ! އެހެން މީހުންނަށްޓަކައި ކުރާ ހެޔޮ ދުޢާއަކީ ތިމާ ބަލިން ސަލާމަތްވާ ސަބަބަށްވެސް ވެދާނެއެވެ! އިން ޝާ ﷲ