މިއަދު މާލެއިން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ޕޮޒިޓިވްވި އަންހެން މީހާއާ ސީދާ ކޮންޓެކްޓްވި 10 މީހަކު ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭ މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ނަގައި، ދެ އަހަރު ނުވާ އެ ކުއްޖާ ފިޔަވައި އެހެން އެންމެން ނެގެޓިވް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ޕޮޒިޓިވްވި އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި އެ ގޭގައި އުޅޭ އެހެން މީހުން ވެސް ހިމެނެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެމައިން މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ.
އަންހެން މީހާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެއެވެ.