މާލެ އިން މިއަދު ކޮރޯނާ ވައިރަސްއަސް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިއީ މާލެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި 2 ވަނަ މީހާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ފުރަތަމަ ޕޮޒިޓިވްވި މީހާއާއި މިހާތަނަށް ސީދާ ދިމާވި މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. މިއީ މާލެއިން ކޯވިޑަށް ޕޮޒިޓިވްވި 2 މީހާއެވެ.
މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި 55 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަމުން ދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.
ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން އެކި ރަށްރަށުގައި ތިބިކަން ފާހަގަކުރެވިފައިވާއިރު، އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވޭ.
މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 4 ދިވެހިންނެވެ.