ޓެލެކިލާސްތައް އަނެއްކާވެސް މެދުކަނޑާލައިފި!

ކިޔުމަށް ހޭދަވާނީ 57ސ
ޓެލެކިލާސްތައް އަނެއްކާވެސް މެދުކަނޑާލައިފި!

މާދަމާއިން ފެށިގެން ވަކިގޮތެއް އަންގަންދެން އަނެއްކާވެސް ޓެލެކިލާސްތައް ގެނެސްދިނުން މެދުކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލެކިލާސްތައް ގެނެސްދިނުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

ޓެލެކިލާސްތަކަކީ ދަރިވަރުންނަށް އޮންލައިންކޮށް ނުވަތަ ޓީވީ މެދުވެރިކޮށް ކިޔަވާ ދިނުމަށް ފެށި ޕްރޮގްރާމެކެވެ. މީގެ ކުރިން ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް އެކަނި މިކްލާސްތައް ނަގައޮދެމުން އައިނަމަވެސް، މިހަފްތާއިން ފެށިގެން ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ވެސް ވަނީ މިކްލާސްތައް ނަގައިދޭން ފަށާފައެވެ. 

މިޕްރޮގްރާމްގެ ޒަރިއްޔާއިން ދަރިވަރުންނަށް ހުރިހާ ފިލާވަޅެއް ނަގާދީ، އެދުވަހެއްގެ ޓައިމް ޓޭބަލް ޓްވީޓަރ އާއި ފޭސްބުކްގެ އިތުރުން އެކި ވަސީލަތްތައް މެދުވެރިކޮށް އަންނަނީ ހާމަކުރަމުންނެވެ.

މާލެ 24 ގަޑިއިރުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތަށް ގެނެސްފައިމިވަނީ، މާލެ އިން ކޮވިޑަށް ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިއަދު އޮންލައިން