ތިމާ އާ އެންމެންގެ ސަލާމަތަށްޓަކައި ބޭރަށް ނުކުމެ އުޅެވޭ ރަށްތަކުގަ ވެސް މީހުންނާ ބަދައްލުކުރުން މަދުކޮށް ކުރުކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިމާ އާ އެންމެންގެ ސަލާމަތަށްޓަކައި ބޭރަށް ނުކުމެ އުޅެވޭ ރަށްތަކުގަ ވެސް މީހުންނާ ބަދައްލުކުރުން މަދުކޮށް ކުރުކޮށްލާ!

ޢާންމުކޮށް ބޭރަށް ނުކުމެ އުޅެވޭ ރަށްތަކުގައި ވެސް މީހުންނާއި ބައްދަލުކުރުން މަދުކުރުމާއި އަދި ވާހަކަ ދައްކަން ހޭދަކުރާ ވަގުތު ކުރުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއްކަން ޑރ. ފާޠިމަތު ނަޒުލާ ފާހަގަކުރައްވައިފިއެވެ. 

މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑރ. ނަޒްލާ މިއަދު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހެއްގެ ކްލޯޒް ކޮންޓެކްޓެއް ކަމަށް ބަލަނީ އެކުގައި ކައިރީގައި ވާހަކަ ދައްކަން 15 ވަރަކަށް މިނިޓް ހޭދަކޮށްފައިވާނަމަ ކަމަށެވެ. 

ޑރ. ނަޒްލާގެ މި ޖަވާބުން އެނގިގެންދަނީ މިވަގުތު މީހުންނާއި ބައްދަލުކުރަން ޖެހިގެން ބައްދަލުކުރި ނަމަވެސް އެކުގައި ހޭދަކުރާ ވަގުތު މަދުކުރަން ޖެހޭ ކަމެވެ. ޞިއްޙީ ގޮތުން އެފަދަ މިންގަނޑަކުން ބެލި ނަމަވެސް ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަމަވެސް ޙާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އަމިއްލައަށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ މުހިންމުކަމެވެ. 

"ކޮމިޔުނިޓީ ސްޕްރެޑް"ގެ ގޮތުގައި ބަލާ މިންގަނޑުން މާލެ އިން އެންމެ މީހަކު ޕޮޒިޓިވްވި ނަމަވެސް އެއީ ކުޑަކަމެއް ނޫންކަމަށާއި އެކަމުގެ އަސަރު މުޅި ރާއްޖެއިން ފެނުމުގެ ފުރުޞަތު އޮތް ކަމެއްކަން ޑޮކްޓަރުން ގެންދެވީ ކުރިންސުރެ ފާހަގަކުރަމުންނެވެ. އެކަން މިވަނީ ވެފައެވެ. "ކޮމިޔުނިޓީ ސްޕްރެޑް ކަމަށް ބެލެވޭ ގޮތަށް މާލެއިން މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ. 

އޭނާ ރާއްޖެއިން ބޭރަށް ދަތުރެއް ނުކުރެއެވެ. ބަލިޖެހިފައި ހުރި މީހަކާއި ކޮންޓެކްޓްވިކަން ފާހަގަކުރެވިފައެއް ނުވެއެވެ. ވީމާ އޭނާއަށް ބަލި ޖެހުނު ގޮތް އަދި މިވަނީ ސުވާލެއްގެތެރޭގައެވެ. 

ވިސްނަންވީ ކޮރޯނާ ވައިރަސް މާލެތެރޭގައި އުޅޭކަމާއިމެދުގައެވެ. އުލޭނަމަ އުޅެނީ ކިހައިވަރަކަށްކަން ދެނެގަނެވެން އަދި މާއަވަހެވެ. މާލެއިން ފުއަިގެން ދިއަކަން ނުވަތަ ނުދާކަން ވެސް އޮތީ ސުވާލެއްގެ ތެރޭގައެވެ. ވީމާ މިވަގުތައް އޮތް އެންމެ ރައްކައުތެރި ގޮތަކީ ރަށުގެ އެންމެން ގަދަވެ ތިބި ނަމަވެސް ކުރިމަތިވެދާނެ ޙާލަތަކަށް ސަމާލުކަންދީގެން ތިބުމެވެ.

މިއަދު އޮންލައިން