ކޮރާނާވައިރަސް ނުވަތަ ކޮވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ޑރ. އަލީ ލަތީފު އިލްތިމާސް ކުރައްވައިފިއެވެ.
ޑރ.ލަތީފު ވިދާޅުވީ ކޮވިޑް-19 އަކީވެސް ރޯގާއެއް ނަމަވެސް މިއީ އާދައިގެ ބައްޔެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި މާލެއިން މިބަލީގެ މީހަކު ފެނުމަކީ ބިރުވެރި ކަމެއް ކަމަށެވެ.
ޑރ.ލަތީފު ވިދާޅުވީ ބިރެއްނެތި އަދިވެސް ބައެއް މީހުން މަގުތަކަށް ނިކުންނަމުންދާ ކަމަށާ މާލެ 24 ގަޑިއިރުގެ ލޮކް ޑައުންއަކަށް ގެންދަން ޖެހުނީ ވެސް އެފަދަ ސަަބަބުތަކާއި ގުޅިގެން ކަމަށެވެ.
މިއީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ރައްކާތެރިކަމުގެގޮތުން ގޭގައި ތިއްބެވުން ޑރ.ލަތީފު ވަނީ އިލްތިމާސް ކުރައްވާފައެވެ.