ރައީސް ކަރުނައާއެކު!: އިސްލާމް ދީނުގަވާ ގޮތަށް އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދެއްވާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް ކަރުނައާއެކު!: އިސްލާމް ދީނުގަވާ ގޮތަށް އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދެއްވާ!

އިސްލާމް ދީނުގައިވާ ގޮތަށް އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. 

އެކަމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވަނީ މާލެއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިއަދު ޤައުމާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވާހަކަފުޅު ދައްކަވަމުން ގެންދެވީ ކަރުނަ އާއިއެކު އެވެ. މިކަމުން އަންގައިދެނީ ޙާލަތުގެ ހުރި ނުރައްކައުތެރިކަމުގެ އިތުރުން އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ކުލުނާއި ލޯބީގެ މަތިވެރިކަމެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބަލިން ރައްޔިތުންނަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވަވާ ކަމަށެވެ. 

 

މިއަދު އޮންލައިން