ކ. ކަށިދޫ އަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ދާދި ފަހުން ކާށިދޫއަށް ގޮސްފައިވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެރަށް މޮނީޓަރިންގެ ހާލަތައް ގެނެސް، އެރަށުން މީހުން އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން ޖުމްލަ 21 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ. އަދި ވެރިރަށް މާލެ އިން ވެސް ދިވެއްސަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.