މާލެއިން ކޮރޯނާއަށް ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ކިޔުމަށް ހޭދަވާނީ 51ސ
މާލެއިން ކޮރޯނާއަށް ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

މާލޭ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.

މިއީ މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެއްސެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުކުރި ޓުވީޓެއްގައި ބުނީ އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މިއީ މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ހަވަނަ ދިވެއްސެވެ. ކުރިން ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސުން ރާއްޖެ އައި މީހެކެވެ. އެއެންމެންވެސް ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ކަރަންޓީނުގައި ތިއްބައެވެ. 

އެޗްޕީއޭއިން އެކުލަވާލި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،501 މީހުންނަށް ބަލިޖެހޭނެއެވެ. 

މިއަދު އޮންލައިން