ކޮރޯނާ ވައިރަސް ޖެހުނު ދެ ދިވެއްސަކު ރަނގަޅުވެ ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 2 އަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ކޮރޯނާ ވައިރަސް ޖެހުނު ދެ ދިވެއްސަކު ރަނގަޅުވެ ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 2 އަށް!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު ދެ ދިވެއްސަކު ރަނގަޅުވެ ފަރުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ބަލިން ރަނގަޅުވެފައިވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ތިބި ދެ ދިވެހިން ކަމަށާއި  އެދެ މީހުން ބަލިން ރަނގަޅުވިކަން ކަށަވަރުކުރުމަށް ހެދި ދެ ޓެސްޓުގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ.

މިހާތަނަށް 5 ދިވެއްސަކަށް ކޮވިޑް-19 ޖެހިފައިވާއިރު އެޗްޕީއޭ އިން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ ކޮވިޑް-19 ޖެހުނު ފުރަތަމަ ދިވެހި މީހާ ވެސް ރަނގަޅުވެފައިވާކަމަށެވެ. އެހެންކަމުން ތިން ދިވެއްސަކު މި ބަލިން ރަނގަޅުވުމުން މިހާރު ފަރުވާ ދެމުން އަންނަނީ ދެ ދިވެއްސަކަށެވެ. 

ކޮވިޑް-19 ޖެހިފައިވާއިރު ދިވެހި 5 މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން އެނބުރި އައި މީހުންނެވެ. އަނެއް މީހާ އަކީ ފިލިޕީންސުން ރާއްޖެ އައި މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ 20 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. މީގެ ތެރެއިން ފުރަތަމަ 13 މީހުން ވަނީ ރަނގަޅުވެފައެވެ.

މިއަދު އޮންލައިން