ބޭރުގެ 4 ޖަމިއްޔާއަކުން ރާއްޖެ އަށް ހަތާވީސް ވެންޓިލޭޓަރު ހަދިޔާކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ބޭރުގެ 4 ޖަމިއްޔާއަކުން ރާއްޖެ އަށް ހަތާވީސް ވެންޓިލޭޓަރު ހަދިޔާކުރަނީ!

ކޮވިޑް-19 އާއި ގުޅިގެން ބޭރުގެ 4 ޖަމިއްޔާއަކުން ރާއްޖެ އަށް 27 ވެންޓިލޭޓަރު ހަދިޔާކުރަނިންމައިފިއެވެ.

މިކާގުޅިގެއް ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބޭރުގެ ބައެއް ޖަމިއްޔާތަކުން ރާއްޖެއަށް ވެންޓިލޭޓަރ ހަދިޔާކުރުމަށް ނިނމާފައިވާ ކަމަށާއި އެގޮތުން ޔުނިސެފްގެ ފަރާތުން 2 ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރާއި، ވޯލްޑް ބޭންކުގެ ފަރާތުން 18 ވެންޓިލޭޓަރަކާއި، އޭޑީބީގެ ފަރާތުން 4 ވެންޓިލޭޓަރެއް، އައިޑީބީގެ ފަރާތުން 3 ވެންޓިލޭޓަރ ރާއްޖެ އަށް ހަދިޔާކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބައެއްގައުމުތަކުން އަޅާފައިވާ  ފިޔަވަޅުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރު ކުރުމުގައި ހުރިގޮތުން  މި ތަކެތި ރާއްޖެ ގެނައުމުގައި ދަތިތަކެއް ހުރި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ވެސް މިހާރުވެސް އަންނަނީ 151 ވެންޓިލޭޓަރު ގަތުމަށް މަސައްކަތް ކުރަމުންނެވެ. 

މިއަދު އޮންލައިން