ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު އަދި ދިވެހި ޤައުމިއްޔަތުގެ ހިތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މެހިންވިދާޅުވީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައިސް ވިދާޅުވީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ ހިތް ކަމަށެވެ. އަދި އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަމުގެ ގޮތުގައި ރައީސް ސޯލިޙު ވަނީ ސިފަ ކުރައްވާފައެވެ.
ރާއްޖޭގައި ދިވެހިބަހުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެއަހަރެއްގެ ވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ" ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހިބަހަށް” މިއެވެ.