ބިރުގަންނަވީ ވަށައިގެން އިވޭ އަޑުތަކަކަށް ނޫނެވެ! މާޔޫސް ނުވެ ﷲ ގެ ވަޢުދުފުޅުތަކަށް އިތުބާރުކުރުމުގަ ސާބިތުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބިރުގަންނަވީ ވަށައިގެން އިވޭ އަޑުތަކަކަށް ނޫނެވެ! މާޔޫސް ނުވެ ﷲ ގެ ވަޢުދުފުޅުތަކަށް އިތުބާރުކުރުމުގަ ސާބިތުވާށެވެ!: މުފްތީ މެންކް

މިއަދު ގަންނަމުންދާ ހުރިހާ ބިރަކީ ވެސް އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ގަންނަ ބިރު ކަމުގައި ހަދާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންނަށް ކުރިމަތިވާ ހުރިހާ މުޞީބާތްތަކާއި ދަތި އުނދަގޫތަކަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢްމަތްތަކަކަށް އެކަލާނގެ ބަދަލުކޮށްދެއްވަވާނެތެވެ.

މާޔޫސް ނުވާށެވެ! އެއީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ. ކޮންމެ ދަތި އުނދަގޫ ޙާލަތަކަށްފަހު އުފާވެރިކަން މިންވަރުކުރައްވަވާނެކަން އެއީ ﷲ ތަޢާލާގެ ވަހީ ބަސްފުޅުން އެނގި ޔަޤީންވާ ކަމެކެވެ. ﷲ ތަޢާލާގެ ކޮންމެ ވަޢުދުފުޅަކީވެސް ފުއްދަވައި ދެއްވަވާނެކަން ޔަޤީން ވަޢުދުފުޅުތަކެކެވެ.

ވަށައިގެން އިވެމުން އަންނަނީ ބިރުވެރި އަޑުތަކެވެ. މުސލިމުންނަކީ އިވޭ އަޑުތަކަށް ބިރުގަނެގެންވާނެ ބައެއް ނޫނެވެ. މުސްލިމުން އިތުބާރުކޮށް ޔަޤީންކުރަންވީ ﷲ ތަޢާލާގެ ވަޢުދުފުޅުތަކެވެ.

--މުފްތީ މެންކުގެ ނަޞޭޙަތެއް

މިއަދު އޮންލައިން