ކޮރޯނާގެ ސަބަބުން ކުރިމަތިވެދާނެ ދަތި ޙާލަތަށް މާޔޫސް ނުވާށެވެ! ކެތްތެރިކަން އިސްކުރާށެވެ! އަދި ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ބަދަލު ދެއްވަވާނެތެވެ!
ޢިބްރަތް ޙާޞިލުކުރަންވީ އައްޔޫބުގެފާނަށް ކުރިމަތިވެވަޑައިގެންނެވި ޙާލުކޮޅާއިމެދުގައެވެ. މުޅި ހަށިކޮޅަށް ބަލި ފެތުރި ތިނޯހެއް ޖައްސައިލާނެ ވަރުގެ ތަންކޮޅެއް ވެސް ހަށިކޮޅުގައި ނެތް މިންވަރަށް ހަށިކޮޅުގައި ބަލި ފެތުރުނެވެ.
އައްޔޫބްގެފާނަކީ މުދައު ގިނަ ތަނަވަސް ބޭކަލެކެވެ. ދަރިން ގިނަ ބޭކަލެކެވެ. އެހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ގެންދެވިއެވެ. އެބަލި ޙާލުކޮޅުގައިވެސް އަދި އެހުރިހާ ނިޢްމަތްތަކެއް ގެއްލިވަޑައިގަތުމުން ވެސް ކެތްތެރިވެވަޑައިގެން އަދި ﷲ ތައާލާ އަށް ދުޢާ ކުރެއްވެވުމުން ފުރިހަމަ ޞިއްޙަތާއި އަދި ﷲ ތަޢަލާ ގެންދެވި ހުރިހާ ނިޢްމަތްތަކެއް އަނބުރައި ދެއްވެވިއެވެ.
ވީމާ މިދަތި ޙާލަތުގައިވެސް ކެތްތެރިކަން އިސްކޮށް ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދިއުމުން ﷲ ތަޢާލާ ހުރިހާ ނިޢްމަތްތަކެއްވެސް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
- އަނާރާ ނަޢީމްގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ: