ކޮއްދިއްޕަރުގެ މުވައްޒަފަކު ޓްރީޓޮޕުގައި އެޑްމިޓްކޮށްފި, ރިސޯޓު ލޮކްޑައުން!

ކިޔުމަށް ހޭދަވާނީ 58ސ
ކޮއްދިއްޕަރުގެ މުވައްޒަފަކު ޓްރީޓޮޕުގައި އެޑްމިޓްކޮށްފި, ރިސޯޓު ލޮކްޑައުން!

ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު މުވައްޒަކު ހާލުބޮޑުވުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ކޯވިޑް=19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ ރައީސް އޮފީހުގެ އަންޑަ ސެކްރަޓަރީ މަބްރޫކް އަބްދުއްޢަޒީޒް މިރޭ ވިދާޅުވީ އެރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ގައިގާ އެބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން، އޭނާ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން މިހާރު އެރިސޯޓު ލޮކްޑައުން ކޮށްފައިވާ ކަމަށެވެ.

އެމީހާ ޓްރީޓޮޕްގައި އެޑްމިޓް ކޮށްފައިވަނީ އާނާގެ ބަލިހާލަތު އިތުރަށް ގޯސްވެފައިވާތީ ޑޮކްޓަރުން އިތުރަށް ބެލުމަށްޓަކައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެބިދޭސީމީހާ ހެދި ފުރަތަމަ ޓެސްޓުގެ ނަތީޖާ ކޮވިޑަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށާއި، ނަމަވެސް އޭނާގެ ދެވަނަ ޓެސްޓު ވެސް ނެގެޓިވް ވަންދެން އޭނާއާ ކޮންޓެކްޓް ވެފައިވާ މީހުން އައިސޮލޭޝަނުގައި ބޭތިއްބުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.

މިއަދު އޮންލައިން