ކޮރޯނާއަށް ޕޮޒިޓިވްވި ދިވެއްސަކު އެބަލިން ރަނގަޅުވެއްޖެ!

ކިޔުމަށް ހޭދަވާނީ 36ސ
ކޮރޯނާއަށް ޕޮޒިޓިވްވި ދިވެއްސަކު އެބަލިން ރަނގަޅުވެއްޖެ!

ކޯވިޑް19 އަށް ރާއްޖޭގައި ޕޮޒިޓިވްވި ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއީ އިނގިރޭސި ވިލާތުން ރާއްޖެއައި މީހުންގެ ތެރެއިން ޕޮޒިޓިވި ފުރަތަމަ މީހާއެވެ. 

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ އިނގިރޭސިވިލާތުން އައި އެދިވެހި މީހާ ކޯވިޑް-19 އިން ރަނގަޅުވި ކަމަށް ކަނޑައަޅާފައިވަނީ، ބަލިން ރަނގަޅުވިކަން ކަށަވަރު ކުރަން ހެދި ދެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ދެއްކުމުން ކަމަށެވެ.

އޭނާ ރަނގަޅުވުމާއެކު ރާއްޖެއިން ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން 14 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ. މީގެތެރެއިން އެކަކު ފިޔަވައި ދެން އެންމެންނަކީ ވެސް ބިދޭސީންނެވެ.

މިއަދު އޮންލައިން