ޝާރޕް ބްރޭންޑުގެ "ފްރަންޓް ލޯޑް" ދޮންނަމެޝިން ރެޑްވޭވުން ތައާރަފުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޝާރޕް ބްރޭންޑުގެ "ފްރަންޓް ލޯޑް" ދޮންނަމެޝިން ރެޑްވޭވުން ތައާރަފުކޮށްފި!

ދިވެހިން އެތަށް އަހަރެންވަންދެއް އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާރޕް ބްރޭންޑް މުޅިންއާ މޮޑެލްތަކެއް އަނެއްކާވެސް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ. 

ރެޑްވޭވުން ބުނެފައިވަނީ މިފަހަރު ތައާރަފްކޮށްފައިވަނީ ޝާރްޕް ބްރޭންޑުގެ އެޑްވާންސް އިންވާޓަރ "ފްރަންޓް ލޯޑް" ދޮންނަމެޝިން ކަމަށެވެ. މިއީ މުޅި ރާއްޖެއަށްވެސް އަލަށް ތައާރަފްކުރެވިގެން ދިޔަ ޝާރޕްގެ ރޭންޖެކެވެ. މިއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތީން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ މޮޑެލް އެކެވެ. 

މިގޮތުން ތައާރަފް ކުރެވިފައިވަނީ ޖަޕާންގެ ޓެކްނޮލޮޖީއިން ފަރުމާކުރެވިފައިވާ މޮޅު އިންވާޓަރ މޮޓޯރ ހިމެނޭ ދޮންނަމެޝިނެކެވެ.  އަދި މީގެ އިތުރުން މި މެޝިނަކީ ކަރަންޓު އަދި ފެނުގެ ޚަރަދު ކުޑަ މެޝިނެކެވެ. ކޮންމެ ވައްތަރެއްގެ މެޓީރެއަލްއެއްވެސް  ދޮވެލުމުގެ ޤާބިލްކަން ލިބިފައިވާ މި މެޝިނަކީ ދޮވެލުމުގައި އަޑުމަޑު މެޝިނެކެވެ. 

ޝާރޕް ރެޑްވޭވުން ލިބިވަޑައިގަންނަވާނީ ސާރވިސް ވޮރަންޓީއާއި އެކުގައެވެ. ސާރވިސް ފޯރުކޮށްދޭނީ ރެޑްވޭވް ގެ ސާރވިސްޓީމުންނެވެ. ޝާރޕްގެ އިތުރު ރޭންޖުތަކެއް ރެޑްވޭވްގެ ރޯދަ ސޭލްގެ ތެރެއިން ތައާރަފްކުރެވިގެންދާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި ކުރައްވަވާ ކޮންމެ 500 ރުފިޔާއަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މިއަދު އޮންލައިން