ރާއްޖޭގެ އެއްވެސް ރިޒޯޓެއްގެ ބަދިގޭގައި މަސްކައްކަން ފެށުމުގެ ވިސްނުމެއް އަދި ސަރުކާރުގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިމޭރުމުން ވިދާޅުވީ "ރާއްޖޭގެ ރިޒޯޓުތަކުގައި ހުރީ މަސްކައްކަން ވަރަށް ރަނގަޅު ފެންވަރަށް ހަދާފައިވާ ބަދިގެތަކެއް ކަމަށާއި ސަރުކާރުން ރިޒޯޓުތަކަށް ދޫކުރާ ސްޓިމިޔުލަސް ޕެކޭޖް ލިބޭނީ މަސްކައްކަން އެބަދިގެތައް ދޫކުރަން އެއްބަސްވާ ފަރާތަކަށް ކަމަށް ހަމަޖެއްސުމުގެ ވިސްނުމުން މަޖިލިސްގެ މެންބަރުންގެ އެބަހުރި" ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައިވާތީ އެކަމާއި ގުޅިގެން މިއަދުނޫހުން މިރޭ ދަރުބާރުގޭގައި ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ފައްޔާޒް ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމްގެ ނިމުން ކަމަށް އަދި ޤަބޫލު ނުކުރައްވާ ކަމަށެވެ. މަސްކައްކަން ވަރަށް ރަނގަޅު، ރިޒޯޓު ނޫން ވަރަށް ގިނަ ރަށްތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. "ނަމަވެސް މީގެ 6 މަސް ފަހުން ކުރާ އަންދާޒާގައި އެނޫން ގޮތަކަށް ވެސް ވިސްނަން ޖެހިދާނެ. ނަމަވެސް އަދި އެ ޙާލަތަކަށް ނުދޭ."
ރައީސް ނަޝީދު ވިދާޅުވީ ދިރިއުޅެން ވަރަށް ރަނގަޅު ގެތަކާއި ސްކޫލްތައް ހިންގާނެ އިމާރާތްތަކާއި ފުޓްސެލް ދަނޑުތައްވެސް ރިޒޯޓުތަކުގައި އެބަހުރި ކަމަށެވެ. އެހެންކަމުން ރިޒޯޓުތައް މީހުން ދިރިއުޅޭ ރަށްތަކަށް ބަދަލުކުރުމުގެ ވިސްނުން މެންބަރުންގެ ކިބައި އެބަހުރިކަން ވަނީ ހާމަވެފައެވެ.
ސުވާލަކީ މިހާރު ހުރި ރަށްތަކަށް ކުރަންޖެހޭ ޚަރަދުތައްވެސް ނުކުރެވިގެން އުޅޭ ޙާލަތުގައި މީހުން ދިރިއުޅޭ އިތުރު ރަށްތަކެއް އުފައްދައިގެން ރަށްތައް ހިންގާނެ ޚަރަދު ރިޒޯޓުގައި މަސްކައްކައިގެން ލިބޭނެ ކަމެވެ.