ނަވާރަ މީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވެ، ނެގެޓިވްވުމުން ދޫކޮށްލައިފި!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަވާރަ މީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވެ، ނެގެޓިވްވުމުން ދޫކޮށްލައިފި!

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރި މީހުންގެ ތެރެއިން 19 މީހަކު މިއަދު ދޫކޮށްލާފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ ކަރަންޓީން ފެސިލިޓީސްތަކުގައި ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ކޯވިޑް-19އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން މިއަދު 19 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު 80 މީހަކު ދޫކޮށްލުމަށް ސާމްޕަލްނަގައި ޓެސްޓު ކޮށްފައިވާކަމަށާ، މިޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްވުމުން މިއެންމެންވެސް ދޫކޮށްލެވޭނެކަމަށް މޫސާ މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، ރާއްޖެއިން ކޯވިޑްް-19އަށް ޝައްކުކުރެވޭ މީހުން ކަރަންޓީންކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ ކަރަންޓީން އެކި ފެސިލިޓީސްތަކުގައި 862 މީހާރު ކަރަންޓީން ކޮށްފައިވަނީ 862 މީހެކެވެ. އައިސޮލޭޝަންގައި ތިބިމީހުންގެ ތެރެއިން ވެލިދޫ އައިސޮލޭޝަންގައި ފަރުވާދެމުންދަނީ 11 މީހަކަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަންގައި ފަރުވާދެމުންދަނީ 1 ކަކަށެވެ.

މިމީހާއަކީ ކޯވިޑް-19 ޖެހި އެބަލިން ރަނގަޅުވެފައިވާ މީހެކެވެ. މިމީހާ އެހެން ފެސިލިޓީއަކަށް މާދަމާ ބަދަލުކުުރުމަށް ހަމަޖެހިފައިވާކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

މިއަދު އޮންލައިން