ލޮލަށް ނުފެންނަ ކަލަކަށް އަޅުކަން ނުކުރާނެ ކަމަށް ނުވަތަ ލޮލަށް ނުފެންނަ ކަލަކަށް އަޅުކަން ކުރެވޭނީ ކިހިނަކުންތޯ ސުވާލު އުފައްދާ އެތީސްޓުންނަށް ދީނީ ޢިލްމުވެރިޔާ އަނާރާ ނަޢީމް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.
އެ ސުވާލަކީ ލޮލަށް ނުފެންނަ ކަލަކަށް އަޅުކަން ނުކުރާނެ ކަމަށް ބުނާ މީހުން/ އެތީސްޓުން ލޮލަށް ނުފެންނަ ވައިރަސްއަކަށް ބިރުން ފިލަން ގޭގަ ތިބެނީ ކީއްވެގެންތޯއެވެ؟
އަނާރާ މި ސުވާލު ކުރައްވާފައިވަނީ ދައުރުވަމުންދާ ފޮޓޯއަކުންނެވެ.

އަނާރާ ވިދާޅުވީ އަބަދުވެސް، ޚާއްޞަކޮށް މިފަދަ ވަގުތުތަކުގައި އިސްލާމް ދީން މަތިވެރިކޮށް އިސްލާމް ދީނަށް ނަޞްރު ދިނުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން އޮތް އެންމެ މަތިވެރި ޢަމަލުކަމަށެވެ. މީސްތަކުން ބުނާ އަދި ދީނީ ޢިލްމުވެރިން ވިދާޅުވާ ހެޔޮ ބަސްފުޅުތައް ވީހައި ގިނަ ބައަކަށް ފަތުރައި އަންގައި ދިނުމަކީ މިގޮތުން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
މެހްރީނާ ފަދަ ބައެއް ބޭފުޅުން މިހާރުވެސް ކުރައްވަމުން އެގެންދަވާ މަސައްކަތްތަކަށް ހިތްވަރުދެމެވެ. މާތް ﷲ އެ ފަދަ އެންމެހައި މަސައްކަތްތަކުގައި ބަރަކާތް ލައްވަވާށި! އެފަދަ މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދެއްވަވާށި!
އާމީން