ޗައިނާގެ ޚާރިޖީ ވަޒީރާ މިނިސްޓަރ ޝާހިދު ގުޅުއްވައި މަޝްވަރާކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ޗައިނާގެ ޚާރިޖީ ވަޒީރާ މިނިސްޓަރ ޝާހިދު ގުޅުއްވައި މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލަރ ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑަރޝިޕަށް ތައުރީފްކުރައްވާފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ. 

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަޞީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިވެހިރާއްޖެއަށް ދިން ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން