ކޮރޯނާ ދޮޅު މިލިއަން ހުރަސްކޮށް 2 މިލިއަނަށް މިސްރާބު ޖަހައިފި! "ގަދަބާރު" އެންމެ ނިކަމެތިކޮށްލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮރޯނާ ދޮޅު މިލިއަން ހުރަސްކޮށް 2 މިލިއަނަށް މިސްރާބު ޖަހައިފި! "ގަދަބާރު" އެންމެ ނިކަމެތިކޮށްލައިފި!

ދުނިޔެއަށް ޢިބްރަތަކަށްޓަކައި ﷲ ފޮނުއްވެވި ކޮރޯނާ ވައިރަސް މިއަދު އެވަނީ ދޮޅު މިލިއަން ހުރަސްކޮށް 2 މިލިއަނަށް މިސްރާބު ޖަހައިފައެވެ. ތިމަންމެންނަނީ އެންމެ ގަދަ ބާރު ކަމަސް ބުނަމުން އަންނަ އެމެރިކާ އަކީ އެންމެ ނިކަމެތި ޤައުމަށް ހަދައިފައެވެ.

މިއަދު ހެނދުނުގެ ހިސާބުތަކަށް ބަލައިފިނަމަ ދުނިޔޭގައި މިހައިތަނަށް ކޮރޯނާ ޖެހުނު މީހުންގެ އަދަދަކީ 1،603،751 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 356,656 އެވެ. މަރުވި މީހުންގެ ޢަދަދަކީ 95,731 އެވެ. ފަރުވާ ހޯދަމުން ގެންދާ މީހުންގެ އަދަދަކީ 1,151,364 އެވެ.

މިއަދު ހެނދުނުގެ ހިސާބުތަކަށް ބަލައިފިނަމަ އެމެރިކާގައި މިހައިތަނަށް ކޮރޯނާ ޖެހުނު މީހުންގެ އަދަދަކީ 468,566 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 25,928 އެވެ. މަރުވި މީހުންގެ ޢަދަދަކީ 16,697 އެވެ. ފަރުވާ ހޯދަމުން ގެންދާ މީހުންގެ އަދަދަކީ 425,941 އެވެ.

މިހިސާބުތަކަށް ބަލައިފިނަމަ މުލި ދުނިޔެއިން މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ 25 އިންސައްތަ އަކީ އެމެރިކާ މީހުންނެވެ. ދުނިޔެއިން މަރުވި މީހުންގެ 16 އިންސައްތަ މަރުވެފައިވަނީ އެމެރިކާގައެވެ. ބޭސް ފަރުވާ ކުރެވޭނެ ގޮތާއި ވަސީލަތް ނެތިގެން ދުނިޔެއަށް އެގެންދަނީ ސަލާންޖަހަމުންނެވެ. ޚާއްޞަކޮށް އެންމެ ޢަދާވާތްތެރި ޗައިނާގެ ކިބައިންނެވެ.

އެނގިގެން މިދަނީ ހަމަ އެންމެ ކަމެކެވެ. ހުރިހާ ބާރުތކެއް މިލްކުވެވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. ސްޕަރޕަވަރަކީ ވެސް ހަމަ ﷲ ތަޢާލާ ކަމެވެ. އެމެރިކާއަށް ނިޞްބަތްވި ނަމަވެސް ދުނިޔޭގެ ކޮންމެ ޤައުމަކަށް ނިޞްބަތްވި ނަމަވެސް އިންސާނުންނަކީ ﷲ އުފެއްދެވި މަޚްލޫޤުން ކަމާއި ﷲ ނުދެއްވަވާ ބާރެއް އެއްވެސް ބައަކަށް ލިބިގެން ނުވާ ކަމެވެ.

މިއަދު އޮންލައިން