މުސްލިމުންގެ 3 ހަރަމްފުޅު ބަންދުވެފައިވާތާ 4 ހުކުރު ހަމަވީއެވެ! ﷲ ގެ މެސެޖުގެ ވަރުގަދަކަމާމެދު ވިސްނައިލެވިއްޖެބާވައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މުސްލިމުންގެ 3 ހަރަމްފުޅު ބަންދުވެފައިވާތާ 4 ހުކުރު ހަމަވީއެވެ! ﷲ ގެ މެސެޖުގެ ވަރުގަދަކަމާމެދު ވިސްނައިލެވިއްޖެބާވައެވެ!

މުސްލިމުންގެ 3 ހަމަރަމްފުޅު ކަމަށްވާ މައްކާގެ ޙަރަމްފުޅާއި މަސްޖިދުއް ނަބަވީ އާއި މަސްޖިދުލކްއަޤްޞާގައި ޖަމާޢަތުގައި ކުރިން ކުރަމުން އައި ގޮތަށް ނަމާދުނުކުރެވޭތާ މިއަދަށް 4 ހުކުރު ހަމަވީއެވެ. މި މުއްދަތުގައި މައްކާގެ ޙަރަމްފުޅުގެ އެންމެ ކައިރީގައި ނަމާދުކުރުން ވަނީ ހުއްޓިފައެވެ. މަސްޖިދުއްނަބަވީގެ ދޮރުކޮޅުތައް ވަނީ ބަންދުކުރެވިފައެވެ.

މަސްޖިދުއް ނަބަވީގެ މިންބަރުކޮޅުގައި ހުކުރު ޚުޠުބާ ދެއްވަމުން ގެންދަވަނީ އިމާމް ގިނިކަންޏާ ހުންނަވައިގެންނެވެ. ޢާންމުންނަށް ބައިވެރި ނުވެވޭއިރު ވެރިއަކަށް އަމީރަކަށް ޝާހީ ޚާންދާންގެ ބޭފުޅަކަށްވެސް ބައިވެރިވެވަޑައެއް ނުގެންނެވެއެވެ.

ލިބިގެން މިދާ މެސެޖާއިމެދު މިމޭރުމުން ވިސްނައިލަމާތޯއެވެ!

"ތިއަބައި މީހުން ތިމަން ﷲ ގެ މަގާއި ދުރަށް ޖެހި އަމިއްލަ އަށް ބޭނުންވާ ގޮތަށް އުޅޭނަމަ ވެރިކަމަކަށް ނަޞަބުގެ މޮޅުކަމަކަށް އަދި މަޤާމަކަށް އެއްވެސް ބާރެއް ނެތެވެ! ތިއަބައިމީހުންނަށް ތިމަން ﷲ ގެ ރަޙްމަތުގެ ދޮރުކޮޅުތައް ބަންދުކުރައްވަވައި ތިމަން ﷲ ގެ ރަޙްމަތުން ތިއަބައިމީހުން ބޭރުކުރެއްވެވުމަށް ތިމަން ﷲ ކުޅަދުންވަންތައެވެ. ތިއަބައ މީހުންގެ ކިބައިގައި އެއްވެސް ބާރެއް ނެތެވެ! ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ތިމަން ﷲ އަށެވެ! ދެންވެސް އަވަހަށް ތިމަން ﷲ ގެ މަގަށް އެނބުރި ރުޖޫޢަވާށެވެ!"

ﷲ އިއްވަވައިފުމުން މެނުވީ ﷲ ތަޢަލާ ދެއްވަވާ އިންޒާރުތަކުގެ އަޑު މިއަދު މީސްތަކުންނަށް ނުއިވިދާނެއެވެ! ވީމާ މިއަދު ޖެހޭނީ ދައްކަވާ ކަންކަމަށް އަމިއްލަ ސިކުނޑިން ވިސްނައި ފިކުރުކުރާށެވެ! ޢިބްރަތް ޙާޞިލުކުރާށެވެ! ﷲ ތަޢާލާ އިންސާނުންނަށް ވިސްނުން ދެއްވެވީ އެކަން ކުރުމަށެވެ! ހީލަތްތެރި ގޮތެއް ވިސްނައިގެން ﷲ ތަޢާލާގެ މަގާއި ދުރަށް ޖެހޭކަށް ނޫނެވެ.

މިކަންކަމަށް ވިސްނަންވީ ހަމައެކަނި ޤައުމުތަކުގެ ވެރިންނެއް ނޫނެވެ. އެންމެންނެވެ. މިކަންކަމަސް މުސްލިމުން ވިސްނައި އީމާންކަން އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރަންވީއެވެ. މުސްލިމުން ނޫން މިކަންކަމަށް ވިސްނައި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާން މަސައްކަތް ފަށަންވީއެވެ. ލޯތަކަށް ފެންނަމުންދާ ޙަޤީޤަތް ޤަބޫލުކުރަން ފަސް ނުޖެހެންވީއެވެ! ޙައްލު ފެނިގެންދާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން