މިއަދު މިފެންނަނީ ދުޝްމިނުން މުސްލިމުންގެ މައްޗަށް ބާރުގަދަވެގަންނަމުންދާ ސަބަބެވެ. އެކަން އެހެން އެވަނީ ކީއްވެގެންކަން މި ވީޑިއޯއިން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
ކުދި މަސްތަކުގެ ތެރެއަށް މިއަރު އެ ވަންނަނީ މަސްތައް ކެއުމަށެވެ. ނަމަވެސް އެއްބައިވަންތަކަމުގައި ސާބިތުވެ ތިބުމުން ނުކުންނަން އެ ޖެހެނީ އެންމެ މަހެއްވެސް ނުކައެވެ. މަސްތަކުގެ އަދަދު ގިނަވުމުން އެ ކުދިމަސްތަކުގެ ސައިޒުވެސް އޮޅެނީ ކަމަށްވެދާނެއެވެ.، ހަމަލާއެއް ދީފިނަމަ ތިމާއަށް ސަލާމަތް ނުވެވިދާނެ ކަމުގެ ބިރަށް ކަމަށްވެސް ވެދާނެއެވެ.
މުސްލިމުންވެސް އެއް އުންމަތެއްގެ ގޮތުގައި، އެއް ބައެއްގެ ގޮތުގައި ތިބޭނަމަ ދުޝްމިނުންނަށް ބޭނުން ގޮތެއް ނުހެދޭނެއެވެ. ހަމަލައެއްވެސް ނުދެވޭނެއެވެ. ބަލިކަށްޓެއްވެސް ނުކުރެވޭނެއެވެ! ހަތިޔާރު ވިއްކުމުގެ ދަހިވެތިކަން އުފެދެނީ މުސްލިމުން މުސްލިމުންނާއި ހަނގުރާމަކުރާތީއެވެ. ހަނގުރާމަ ނުކުރާނަމަ ހަތިޔާރު ވިއްކާކަށް މަސައްކަތެއް ނުކުރާނެއެވެ.
ދުޝްމިނުންގެ ކިބައިން ސަލާމަތްވެ ތިބުމަށްވެސް މުސްލިމުންގެ ކުރިއެރުމަށްވެސް ބޭނުންވަނީ ހަމަ އިސްލާމް ދީނުގައިވާ ފަދަ އެއްބައިވަންތަކަމެވެ. ﷲ އަންގަވާފައިވާ ގޮތުގައި ސާބިތުވުމެވެ. ﷲ ގެ ޙިކުމަތްތެރިވަންތަކަމުން ދައްކަވާ މިފަދަ ކަންކަމަށް ވިސްނައި ޢިބްރަތް ލިބިގަތުމަކީ ހުރިހާ މައްސަލަތަކެއްގެ ވެސް ޙައްލުކަން އިސްލާމް ދީނުން އެނގެން އެބައޮތެވެ.
https://twitter.com/Oceandiversity2/status/1248223035301056512