އީޔޫ އިން ރާއްޖެ އަށް 3 މިލިއަން ޔޫރޯ ގެ ހިލޭ އެހީ ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އީޔޫ އިން ރާއްޖެ އަށް 3 މިލިއަން ޔޫރޯ ގެ ހިލޭ އެހީ ދެނީ!

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

ކޮރީނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އީޔޫ އިން ރާއްޖެއަށް ދޭ މި އެހީގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ 1 މިލިއަން ޔޫރޯ (16.8 މިލިއަން ރުފިޔާ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ 2 މިލިއަން ޔޫރޯ (33.7 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ކަަމަށެވެ.

މީގެ ކުރިން ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް 17.3 މިލިއަން ޑޮލަރުގެ އެހީ އެއް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.

 

 

މިއަދު އޮންލައިން