އިބްން ޚަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.!:
"ހިޖުރައިން 478 ވަނަ އަހަރު އިރާޤް، ޙިޖާޒް އަދި ޝާމްކަރައިގަ އުފެދި ޢާންމުވެގެން ދިއަ ނުރައްކައުތެރި ބަލިމަޑުކަމަކާއި ގުޅިގެން ވަރަށް ގިނަ ޖަނަވާރުތައް މަރުވެގެންދިއައެވެ. ގަސްތަކުގައި ޖެހުމުން ގަސްވެއޓޭފަދަ ނުރައްކައުތެރި ކަޅު ވައެއް ވެސް ޖެހުނެވެ.
އެހިނދު އެއިރު ހުންނެވި ޚަލީފާ އަލް މުޤްތަދީ ބިން އަމްރިﷲ ގެ އަމުރުފުޅަށް ނުބައި އަމަލުތައް ކުރަމުން އައި ތަންތަން ބަންދުކޮށް ނުބައި އަމަލުތައް ކުރުން ހުއްޓުވައި އަދި މިޔުޒިކް ކުޅެން ބޭނުންކުރާ ތަކެތި ހަލާކުކޮށް ސުންނާފަތިކުރިއެވެ. އަދި އެ މުޞީބާތުން ސަލާމަތްކަން ލިބުނެވެ."
މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު މި ބަސްފުޅު މިގޮތަށް އޮތްކަން ހާމަކުރައްވަން ބައެއް ޢިލްމުވެރިން މިއަދު ޖެހިލުންވެ ވަޑައިގަންނަވައެވެ. މިޔުޒިކް އެވެ ބުނުމުން މުޅި ދިވެހި ދައުލަތް ކެކިގަންނާތީ އެވެ! ކޮރޯނާގެ ޙާލަތުގައި ދައުލަތުގެ ވެރިން މިޔުޒިކް އިޝްތިހާރު ކުރައްވާތީއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ނާޗަރަންގީ ޝޯއެއް ބާއްވައި ބެކްޑްރޮޕް އަކަށް "ޖީސަސް" ގެނެސް ވައްޓައިލީ ދާދި އިހަށް ދުވަހުއެވެ. 2020 ރީތިކަމުން އުފާ ފައުޅުކުރާށެވެ! ކިހައި އުފާވެރިވެއްޖެތޯއެވެ؟ ދެން ހުރި މިނިސްޓަރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނާޗަރަންގީ ޝޯތައް ބާއްވާނެކަން އިއުލާނުކުރައްވައިފައެވެ.
ފެނިގެން މިދިއައީ ޙާލަތު ބަދަލުވިތަނެވެ! ތޮއްޑޫ ކަރާދަނޑުތަކުގައި ދޮނަޅަ އިންދަން ފެށިތަނެވެ! ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ!