މިސްކިތެއް ބަންދުކުރާނަމަ އިސްލާމިކް މިނިސްޓްރީންގެ ހުއްދަ ހޯދުމަށް އިލްތިމާސްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
މިސްކިތެއް ބަންދުކުރާނަމަ އިސްލާމިކް މިނިސްޓްރީންގެ ހުއްދަ ހޯދުމަށް އިލްތިމާސްކޮށްފި!

ހުއްދަ ނެތި މިސްކިތްތައް ބަންދުކުރާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި މިސްކިތެއް ބަންދުކުރާނަމަ އިސްލާމިކް މިނިސްޓްރީންގެ ހުއްދަ ހޯދުމަށް އެ މިނިސްތްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތާއި މިސްކިތްތަކުގެ ގޯތިތެރެ ބޭނުންކުރުމާއި މިސްކިތުގެ ގޯތި ތެރޭގައި ތަނެއް ބިނާކުރުން މަރާމާތުކުރުން ނުވަތަ މިސްކިތަކަށް ބައެއް އިތުރުކުރުން ނުވަތަ ބަދަލެއް ގެނައުން ފަދަ އެއްވެސް މަސައްކަތެއް ކުރާނަމަ ވެސް  މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މީގެއިތުރުން މިސްކިތުގައި ބޭނުންކުރަން ބަހައްޓާ ލިޔުންތައް މިސްކިތުގައި ބަހައްޓާނީ އިސްލާމިކް މިނިސްޓްރީން ބަލައި ޗެކްކޮށް އަދި އެ މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފަިއވާ ލިޔުންތައް ނޫން އެހެން އެއްވެސް ލިޔުމެއް ހުއްދަ ލިބިގެން ނޫނީ މިސްކިތުގައި ނުބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އެވައިރަސް ފެތުރުން ހުއްޓުވުމަށް މާލެއާއި މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑައިލައިފައެވެ.

މިއަދު އޮންލައިން