ކޮރޯނާ ފެތުރިކަމުގެ ބިރަށް ނަމަވެސް ސަރުކާރުން ޑްރާމާ ކުޅެ ފުލުހުން "ގަންހިންގުވުން" ހުއްޓާކަށް ނުވޭތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކޮރޯނާ ފެތުރިކަމުގެ ބިރަށް ނަމަވެސް ސަރުކާރުން ޑްރާމާ ކުޅެ ފުލުހުން "ގަންހިންގުވުން" ހުއްޓާކަށް ނުވޭތަ!

މަޖިދީމަގު ޖިކުރާ ސަރަހައްދުން އަންނަމުން މިއަދުވެސް މަޑުކޮށްލުމުން "މަސައްކަތް ތިބޭ؟ މަސައްކަތް ތިބޭ؟" ކިޔަމުން ސައިކަލާއި ދިމާއަށް އައީ ކާން އެޅީމާ ކުކުޅު އަންނަ އުޞޫލުންނެވެ. މިއީ ހިތާމަވެރި ޙާލަތެކެވެ. އެއިރުވެސް ބިދޭސީންތައް މަޑުކޮށްގެން ތިބީ ފުނިފުންޏަށެވެ.

މިކަމާއި ގުޅިގެން މިމީހުންނަށް ކޮންމެ ދުވަހަކު އެތަނުގައި މިތިބެވޭ ސަބަބު އޮޅުންފިލ؛ުވަން ތަންކޮޅެއް ބޮޑަށް ކުރި މަސައްކަތުން ވަރަށް ބޮޑު ކަމެއް އޮޅުންފިލިއެވެ. އެއީ މިއަދުގެ 11 ޖެހުމާއި ހަމައަށްވެސް ފުލުހުން 3 ފަހަރު މަތިން ސަރަހައްދުގައި އެގޮތަށް ތިބޭ މީހުން ދުރަށް ޖެއްސުވި ކަމެވެ. ނަމަވެސް ފުލުހުން ދާއިރަށް އެނބުރި އަންނަނީ ކަމެވެ.

"ދަންނަވަންތޯ؟ މިގޮތަށް ކަންތައް ވުމަށް މިކިޔަނީ ފުލުހުން ގަންހިންގުން. އެންމެން ރުޅި އަންނާނީ ފުލުހުން ދެކެ. އެކަމަކު މީ ހަމަ ސީދާ ސަރުކާރުން ކުރުވާ ކަމެއް! ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރުވުމަކީ ހުއްދަކަމެއް ނޫން! ކީއްވެ އެމީހުން ލައްވާ މަސައްކަތްކުރުވާ މީހުންނާމެދު ފިޔަވަޅު ނާޅަނީ. އެމީހުންނަށް ފިޔަވަޅު އަޅާނަމަ އެގޮތަށް ތިބިނަމަވެސް މަސައްކަތް ދޭނެ ބައަކު ނުވާނެ. މަސައްކަތް ދޭނެ މީހަކު ނުވީމާ އެއްވެސް ބައަކު ަމސައްކަތް ހޯދާކަށް ނުތިބޭނެ!"

"ސައުދީ ގެޒެޓް ބައްލަވައިލައްވާ! ކޮރޯނާ އާ ގުޅިގެން ސައުދީ ރައްޔިތުންނަށްވެސް އެންގީ އެމީހާގެ އުފަން ސަރަހައްދު ނޫން ސަރަހައްދެއްގަ ދިރިއުޅޭނަމަ ރަޖިސްޓްރީވާން. ރަޖިސްޓްރީ ނުވެ ފިލައިގެން އުޅުނު 53 މީހަކު ފަރުބަދަތަކުގެ ހޮހޮޅަތަކުގައި ދިރިއުޅެމުން ދަނިކޮށް އިއްޔެވެސް ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި އެއަތުލައިގަތީ. އެގެންދިއައީ ޖަލަށް! ބެލެވޭ ގޮތުން 1 ލައްކަ ރިޔާލައިން ފދަށުގެ އަދަދަކުން ޖުރުމަނާކުރުމާއެކު 5 އަހަރަށް ޖަލަށްލާނެ! މީ ނޫންތޯ ވެރިކަން ކުރާ ގޮތަކީ؟ ޤާނޫނާ ޤަވާއިދު ތަންފީޒުކުރުމުގައި ޑްރާމާ ކުޅުމަކީ ހާދަ މަކަރުވެރި ކަމެކޭ!"

"ކޮންމެ ރެއަކު ދައްކަނީ ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެ ވާހަކަ. ޤާނޫނާ ޤަވާއިދުތަކުން ކުޅެނީ. ފުލުހުން މިފޮނުވަނީ ޕަޕެޓު ހައްދުވާފަ ރައްޔިތުންނަށް ދައްކަން! ބަލަ އިސްކުރު ހަލާކުވެގެން ފެންފައިބަން ފެށީމަ ވޭލް ބަންދުނުކޮށް އިސްކުރު ބާރުކުރަން އުޅުނީމަ ފެން ބަންދުވޭތަ؟ މިހާރު ފުލުހުން ލައްވައި ސަރުކާރުން އެ ކުރުވަނީ ހަމަ އެއް ޒާތެއްގެ ކަމެއް! ފުރަތަމަ ފުލުހުންނަސް ދޭންވީ ޤަވާއިދާ ޚިލާފަށް މަސައްކަތް ދޭ މީހާ ހައްޔަރުކުރާނެ އަމުރު! މިހާރަކު އެ އަމުރެއް ފުލުހުންނަކަށް ދީފައެއް ނެތް. އެނގޭތީ މިބުނަނީ ނެތޭ ދީފައެއް! އެ އަމުރުދިނީމާ އެއަމުރުގެ ދަށުން ފުލުހުން އަމަލުކުރަންފެށީމާ ފުނިޖެހިގެން ތިބޭ ހުރިހާ ބިދޭސީންގެ މައްސަލަތައް ވެސް ޙައްލު ވާނެ! ކީއްވެ ނުވާންވީ؟"

މިއީ ހަމަ ރައްޔިތުންގެ ޝުޢޫރުތަކެވެ. އެމީހުންގެ ވިސްނުމެވެ! ހިތާމައަކީ މިފަދަ ނުރައްކާތެރިކަން ބޮޑު ވަބާއެއްގެ ތެރެއިންވެސް ފަރުދާގެ ފަހަތުން ހިންގާ ޖަރީމާތައް ހިންގުން ހުއްޓައި ރައްޔިތުންގެ ސަލާމަތަށް އަޅަނެޖެހޭ ފިޔަވަޅުތައް ނާޅައި ޑްރާމާ ކުޅެމުން ގެންދާ ކަމެވެ.

މިއަދު އޮންލައިން