ކޮރޯނާ ވައިރަސް އާއި ގުޅިގެން މީހުންނަށް ލިބިފައިވާ ދަތިކަން ފޫބައްދައިދޭން އެހީތެރިވުމުގެ ގޮތުން 31 މާރިޗް 2020ގެ ނިޔަލަށް އެފިހާރައަށް ދަރާ ތިބި އެންމެންގެ ދަރަނި މާފުކޮށްފައިވާ ކަމަށެވެ.
މި ފިހާރައަކީ ވަރަށް ކުޑަ ފިހާރައަކަށްވެސް ވެދާނެއެވެ. ވިސްނައިލަންވީ ކުޑަ ފިހާރައަކަށް މަދު ރުފިޔާކޮޅެއްވެސް އެއީ ވަރަށް ބޮޑު އެއްޗަކަށްވާނެ ކަމެވެ. ބޮޑެތި ވިޔަފާރިތަކަށް މުހިންމު ވާނީ މިލިއަނުން ކަމުގައިވީނަމަވެސް ކުޑަ ފިހާރައަކަށް ވަކި ރުފިޔާ ކޮޅުވެސް މުހިންމުވާނެކަން ޤަބޠލުކުރަން ޖެހޭނެއެވެ.
ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެންނަށް ކުރިމަތިވެފައި މިވާ ދަތި ޙާލަތުގައި އެންމެ ރަނގަޅު، އެންމެ ފައިދާ ހުރި ގޮތަކީ އެމީހަކަށް މާފުކުރެވެން ހުރި ވަރަކުން ދަރަނިތައް މާފުކުރުމެވެ. ﷲ ތިމާއަށް އެކަމުގެ ބަދަލު ދެއްވަވާނެ ކަމަށް ޔަޤީންކުރުމާއިއެކުގައެވެ.