ކޮރޯނާ "ޕްރޫފް" ބަންގްލަދޭޝް މީހުންގެ ފައުޖުތައް މިއަދުވެސް މަޖީދީ މަގުގަ ފުނިޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކޮރޯނާ "ޕްރޫފް" ބަންގްލަދޭޝް މީހުންގެ ފައުޖުތައް މިއަދުވެސް މަޖީދީ މަގުގަ ފުނިޖެހިފަ!

ރާއްޖޭގައި އުޅޭ ކޮރޯނާ "ޕްރޫފް" ކަމަށް ސަރުކާރުން ބަލާކަމަށް ބެލެވޭ ބަންގްލަދޭޝް މީހުންގެ ފައުޖުތައް މިއަދު ހެނދުނު 10.45 ހައި އިރުވެސް މަޖީދީ މަގު ހުދުމާ ފިހާރައިން ޛިކުރާ މިސްކިތާއި ދެމެދުގައި ތިބިކަން ފާހަގަކުރެވުނެ.ވެ. ތިބީވެސް 2 ޖަމާއަތަކަށް ވަކިންނެވެ.

މިފަދަ ކަންކަން ކޮންމެ ދުވަހަކު އަބަދު ތަކުރާކޮށް ފެންނަމުން ދިއުމަކީ ދަރުބާރުގޭގައި ބާއްވާ ނޫސްކޮންފަރެންސްތަކުގައި ޑޮކްޓަރުން ކުރައްވާ އިލްތިމާސްތަކާއި ސަރުކާރުން ކުރާ އިލްތިމާސްތަކަށް އިޖާބަ ދޭން ރައްޔިތުންނަށް އުނދަގޫވާ ކަމަކަށް މިހާރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކުރިމަތިވެދާނެ ޙާލަތަކަށް ބަލައި މިސްކިތްތައް ބަންދުކުރުމާއި ކާފިޔު ހިންގަން ތަމްރީނު ހޯދުން ފަދަ ކަންކަން ކުރަމުން ގެންދާއިރު ރާއްޖޭގައި ޤަވާއިދާއި ޚިލފަށް ތިބި ބޭރުމީހުންގެ ކިބައިން މުޖުތަމައުއަށް އޮތް ނުރައްކަލުން ސަލާމަތްވުމަށް ބަލަހައްޓަން ޖެހޭ މާކުދިކުދި އަސާސީ ކަންކަން ބަލަހައްޓައިލެވޭނެ ފެންވަރު މިއަދު ސަރުކާރުގައި ނެތްކަން ހާމަވަމުން ދިއުމަކީ ކާފިޔު ގަޑީގެ ސަމާލުކަން ވެސް ކުޑަވަމުން އަންނަ އެއް ސަބަބު ކަމުގައި ގިނަ ބައަކު ފާހަގަގަކުރެ އެވެ.

މިއަދު އޮންލައިން