7 އަހަރުގެ މި ކުޑަކުއްޖާ އެބުނަނީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެކަމަށް އެންމެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި "ކޯޅުން" ހުއްޓާލަން ޖެހޭ ކަމަށެވެ. ސިޔާސީ ލީޑަރުން ކިތަންމެ ވަރަކަށް ކޯޅުނު ނަމަވެސް ކޮރޯނާ ވައިރަސް ނުހުއްޓުވޭނެ ކަމަށެވެ.
އެ ކުއްޖާ އެބުނަނީ ގޭގައި ބަންދުވެގެން ހުންނަތާ 2 މަސް ވެއްޖެ ކަމަށާއި ސްކޫލަށް ނުދެވޭތީ އާއި ރައްޓެހިންނާއި ބައްދަލު ނުވާތީ އާއި ރެސްތޯރަންޓްތަކަށް ޢާއިލާ އާއިއެކު ކާން ނުދެވުން ފަދަ އެތައް ހުރަސްތަކެއް ހުރުމުން ވަރަށް ދެރަވާ ކަމަށެވެ. އެހެންކަމާއިއެކުވެސް އޭނާގެ ސަބަބުން އެހެން މީހަކަށް ކޮރޯނާ ވައިރަސް ޖެހެން ބޭނުން ނުވާ ކަމަށެވެ. މައިންބަފައިނަށް ޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ މާބޮޑަށް ހިތާމަކުރާ ކަމަށެވެ. އެހެންކަމުން ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ހިފަހައްޓަން ޖެހޭ ސަބަބުތަކުގައި އޭނާ ހިފަހއްޓާ ކަމަށެވެ.
އޭނާ ބުނެފައިވަނީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވޭނީ ހިތްވަރާއިއެކު އެންމެން އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ. ނިންމާލާފައިވަނީ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ހިފަހައްޓަން ޖެހޭ ސަބަބުތަކުގައި ނުހިފަހައްޓާ މީހުންނަށް ސުވާލެއް ކުރިމަތިކުރުވައެވެ. "އަހަރެންގެ މި ކޮމަންސެންސް (ބުއްދި ޤަބޫލުކުރާ ފައިދާ ހުރި ވިސްނުން) ހުރިއިރު ކަލޭމެންގެ ކިބައިގައި ނެތީ ކީއްވެގެންތޯ؟" އެވެ.
https://twitter.com/SpokespersonCHN/status/1246665952139198464