މެލޭޝިއާއި އިންޑިއާ ގައި ތިބި ދިވެހިން ގެނަުމަށް މޯލްޑިވިއަން ގެ ދަތުރުތަކެއް ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
މެލޭޝިއާއި އިންޑިއާ ގައި ތިބި ދިވެހިން ގެނަުމަށް މޯލްޑިވިއަން ގެ ދަތުރުތަކެއް ބާއްވަނީ!

މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ފްލައިޓް ގެ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅެފައިވަނީ އިންޑިއާގެ ޓްރެވެންޑްރަމަށާއި މެލޭޝީއާގައި ވެސް ގިނަ ދިވެހިންތަކެއް ރާއްޖެ އަންނަން ބޭނުންވެފައި އެބަ ތިބި ކަމަށާއި އެ ދެ ތަނަށް ދަތުރުކުރާ ފްލައިޓްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެކަމަށެވެ. 

މޯލްޑިވިއަން އިން ވެސް ބުނެފައި ވަނީ މެލޭޝިއާއި އިންޑިއާ އަށް ވަރަށް އަވަހަށް ފްލައިޓް ބާއްވައި، ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮރޯނާއާއި ގުޅިގެން މިދުވަސްކޮލު ރާއްޖެ އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހެއެވެ.

މިއަދު އޮންލައިން