ރާއްޖޭގެ ޙާލަތު އަދި ރަނގަޅު! ފަރުވާ ކުޑަކުރެވިއްޖެ ނަމަ ކިތަންމެ ބޮޑު ނުރައްކަލެއްވެސް ކުރިމަތިވެދާނެ!: ޑރ. މުރާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރާއްޖޭގެ ޙާލަތު އަދި ރަނގަޅު! ފަރުވާ ކުޑަކުރެވިއްޖެ ނަމަ ކިތަންމެ ބޮޑު ނުރައްކަލެއްވެސް ކުރިމަތިވެދާނެ!: ޑރ. މުރާދު

ކޮވިޑް 19 އާއި ގުޅިގެން (ﷲ ރަޙްމަތްފުޅާއިއެކު) ރާއްޖެ އަދި އޮތީ ވަރަށް ރަނގަޅު ޙާލަތެއްގައި ކަމަށާއި ނަމަވެސް ފަރުވާ ކުޑަކުރެވިއްޖެ ނަމަ ނުވަތަ ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ވެސް ޙާލަތު ނުރައްކާވެ 24 ގަޑިއިރުގެ ކާފިޔުއަކަށްވެސް ދާން ޖެހިދާނެ ކަމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ. 

ޑރ. މުރާދު މިރޭ ވިދާޅުވީ ބަލީގެ ޢަލާމާތްތައް ކަމަށް ޝައްކުކުރެވިގެން ސާމްޕަލް ނަގައި ހަދަމުން ގެންދާ ޓެސްޓްތައް ނެގަޓިވެވަމުން އައުމަކީ އުފާކޮށް ޝުކުރުކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މީގެ 2، 3 ދުވަސްފަހުން ހަދަން ޖެހޭ ބައެއް ޓެސްޓްތައް ހެދުމުން އުފާވެރި ނަތީޖާއެއް ފެނިގެންދާނެ ކަމަށްވެސް އުންމީދުކުރައްވާ ކަމަށެވެ. 

ޑރ. މުރާދު މިރޭ ވެސް އިލްތިމާސް ކުރެއްވީ ޙާލަތު މިގޮތަށް އޮތް ނަމަވެސް އެއްވެސް މީހަކު ބައްޔާއިމެދު ފަރުވާ ކުޑަނުކުރުމަށެވެ. ކުރިމަތިވެފައިވަނީ ވަރަށް ސީރިއަސް ޙާލަތެއްކަން ޤަބޫލުކޮށް އެންމެންވެސް އެކަމަށް ފަރުވާތެރިވުމަށެވެ. 

ޑޮކްޓަރުން މިފަދަ މޭރުމުން އިލްތިމާސް ތަކުރާރުކުރައްވަމުން ގެންދަވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ފަރުވާ ކުޑަކުރެވުމުން ޙާލަތު ގޯސްވެގެން ދިއުމުން ދެން ކޮންޓްރޯލް ނުކުރެވޭތީއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބައަކު މަރުވަމުންދާތީއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ގަޑިއަކު އެތައް ސަތޭކަ މީހުން މަރުވަމުންދާތީއެވެ.

މިއަދު އޮންލައިން