ޤަވާއިދުތަކަށް ޢަމަލުކުރަންވީ ޖަލަށްލައިފާނެ ކަމުގެ ބިރަކަށް ނޫން! ތިމާ އާ މުޖުތަމައުގެ ސަލާމަތަށް!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޤަވާއިދުތަކަށް ޢަމަލުކުރަންވީ ޖަލަށްލައިފާނެ ކަމުގެ ބިރަކަށް ނޫން! ތިމާ އާ މުޖުތަމައުގެ ސަލާމަތަށް!: މަބްރޫކް

ކޮރޮނާ ވައިރަސް އިން ސަލާމަތްވުމަށް ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް އަމަލުކުރަން އަންގާ ޤަވާއިދުތަކަށް ޢަމަލުކުރަންވީ ޖަލަށްލައިފާނެ ކަމުގެ ބިރަކަށް ނޫން ކަމަށާއި ތިމާ އާއި މުޖުތަމައުގެ ސަލާމަތަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިޖުތިމާޢީ ދުރުމިނުގައި ތިބުމާއި 3 މީހުންނަސްވުރެ ގިނައިން އެއްތަނަކަށް އެއްވެ ނުއުޅުމަށް އަންގާފައިވަނީ އެންމެންގެ ސަލާމަތަށް ކަމަށެވެ. އެހެންކަމުން އެކަންކަމަށް ޢަމަލުކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. 

މަބްރޫކް މިމޭރުމުން އިލްތިމާސްކުރެއްވި އިރު މިރޭ 9 ޖެހިއިރު މެދު ޒިޔާރަތް ކައިރީ، އިސްލާމިކް ބޭންކާއި ޖެހިގެން ހުރި ކޮފީޝޮޕް ކުރިމަތީގައި ފުނިޖެހިގެން ތިބި 20 ވަރަކަށް ޒުވާނުން ތިބިކަން ފާހަގަކުރެވުނެވެ. 

މިގޮތަށް ފުނިޖެހިފައި ތިބޭތަން ފެނުން ވެގެންދަނީ އެފަދައިން އަމަލުކުރަން ހިތްވަރު ލިބޭ ކަމެއްކަމަށް ގިނަ ބައަކު ޤަބޫލުކޮށް ކަންބޮޑުވުން ފައުޅުކުރެއެވެ.

 

މިއަދު އޮންލައިން