ކާފިޔު ގަޑީގަ ނުކުތް މީހުން ބޮޑުތަނުން ގިނަވުމުން މާދަމާ ފިޔަވަޅު އަޅަން ފަށާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ކާފިޔު ގަޑީގަ ނުކުތް މީހުން ބޮޑުތަނުން ގިނަވުމުން މާދަމާ ފިޔަވަޅު އަޅަން ފަށާނެ!

ކާފިޔު ހިންގާ 3 ގަޑިއިރުގެ ތެރޭގައި މަގުމައްޗަށް ނުކުތް މީހުންގެ އަދަދު މިއަދު ބޮޑުތަނުން އިތުރުވުމުން މާދަމައިން ފެށިގެން ފިޔަވަޅު އަޅަން ފުލުހުން ނިންމައިފިއެވެ. 

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވިދާޅުވީ އިއްޔެ ބޭރަށް ނުކުތީ 95 މީހުން ނަމަވެސް މިއަދު މާލެއިން އެކަނި 284، ހުޅުމާލެއިން 67 އަދި ވިލިމާލެއިން 25 މީހުންނަށް ނަޞޭޙަތް ދޭން ޖެހުނު ކަމަށެވެ. އަދި މިދެ ދުވަސްމަތިން 376 މީހުންނަސް ނަބޭޙަތްދެވިފައިވާއިއރު އެއިގެ ތެރެއިން 333 މީހުންނަކީ ދިވެހިން ކަމަށާއި 43 މީހުންނަކީ ބިދޭސީން ކަމަށެވެ. 

ޑޮކްޓަރުންގެ ފަރާތުން މިރޭވެސް ވިދާޅުވީ ކޮރޯނާ ޖެހޭ މީހުންގެ އަދަދު ދަނީ ދުނިޔޭގައި އަދިވެސް އެއްވެސް ކޮންޓްރޯލެއް ނެތި ފެތޔުރެމުން ކަމަށެވެ. ވީމާ ކާފިޔު ވަގުތުތަކަށާއި އެހެންވެސް އެންގުންތަކަށް ޢަމަލުކުރުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

މިއަދު އޮންލައިން