އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ!

"ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށާއި އިނގިރޭސި ވިލާތުން އެނބުރި އައި މި މީހަކީ، މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހާ" ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. 

އިނގިރޭސިވިލާތުން އިއްޔެ ރާއްޖެ އައި 2 ދިވެހިންގެ ތެރެއިން 1 ގެ ކިބައިން ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެންނަން ހުރުމުން އޭނާ ވެލިދޫ ރިޒޯޓަށް ގެންދެވިފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ރޭ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޕޮޒިޓިވް ވީ އޭނާކަމަށް އެޗްޕީއޭ އިން ބުނެފައެއް ނުވެއެވެ. 

ރާއްޖޭގައި މިހާރު ތިބީ ކޮރޯނާއަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ގެންދާ 4 މީހުންނެވެ. މި 4 މީހުންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ މީހުންނެވެ.

މިއަދު އޮންލައިން