ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި އުމުރުން 13 އަހަރުގެ މުސްލިމު ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނިޔާވެފައިވަނީ ބްރިކްސްޓަނަށް ނިސްބަތްވާ އިސްމާއިލް މުހައްމަދު އަބްދުލްވައްހާބް ނަމަކަށް ކިޔާ ކުއްޖެކެވެ.
އޭނާ ނިޔާވެފައިވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އިސްމާއިލް އަކީ ސިއްޙީ އިތުރު މައްސަލައެއް ހުރި ކުއްޖެއް ނޫން ކަމަށާއި އޭނާ ކޮރޯނާއަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އިސްމާއިލްގެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި ޖެހިގެން އައި ދުވަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދެމުންދިޔަ ކަމަށާއި ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާ ނިޔާވިއިރު އާއިލާގެ އެއްވެސް މެމްބަރަކަށް ކައިރީގައި ހުރުމުގެ ފުރުސަތެއް ނުލިބުނު ކަމަށްވެސް އިސްމާއިލްގެ އާއިލާ އިން ބުނެއެވެ.