ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ!

ކިޔުމަށް ހޭދަވާނީ 40ސ
ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ!

ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ނިންމަވައިފި އެވެ.

މިކަމާއި ގުޅިގެން މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގއ.ދާންދޫ، ނިލަންދޫ އަދި މާމެންދޫގެ އެއްވެސް ރައްޔިތަކު ކޮވިޑް19 ގެ ހާދިސާ އާއި ގުޅިގެން ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފިނަމަ އެފަރާތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މިއީ ސިޔާސީ ވިސްނުމެއްގައި ކުރައްވާ ކަމެއް ނޫން ކަމަށާއި މިކަން ކުރަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށް ވެސް މުހުތާޒް ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން