މާލެ ސިޓީގަ ރޭގަނޑު އިމާރާތް ކުރުން މެދުކަނޑާލަން އަންގައި ހޮޓާ/ފިހާރަތަކުން ސައުވީސް ގަޑިއިރު ޚިދުމަތް ދިނުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މާލެ ސިޓީގަ ރޭގަނޑު އިމާރާތް ކުރުން މެދުކަނޑާލަން އަންގައި ހޮޓާ/ފިހާރަތަކުން ސައުވީސް ގަޑިއިރު ޚިދުމަތް ދިނުން މަނާކޮށްފި

މާލެ ސިޓީގަ ރޭގަނޑުގެ ވަގުތުތަކުގައި އިމާރާތް ކުރުން މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

 އެޗްޕީއޭގެ އަމުރުގައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ހެނދުނު 06:00 ދެމެދު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގަމުންދާ އިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ

މީގެ އިތުރުން އެޗްޕީއޭއިން ވަނީ މާދަމާ މެންދުރު 12:00 އިން ފެށިގެން، މާލޭ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން އަންގައި މި އެންގުމަކީ ވަކި މުއްދަތެއް ނެތް ގޮތަށް އަންގާފައިވާ އެންގުމެއް ކަމަށްވެސް ބުނެފައެވެ. ..

މިއަދު އޮންލައިން