ދިވެހިންގެ ޚިދުމަތުގަ އުޅެނިކޮށް އެކަހެރިކުރަންޖެހުނު ބިދޭސީ ޑޮކްޓަރާ ޕޮޒިޓިވްވި 3 ދިވެހިންނަށް ހެޔޮ ދުޢާކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ދިވެހިންގެ ޚިދުމަތުގަ އުޅެނިކޮށް އެކަހެރިކުރަންޖެހުނު ބިދޭސީ ޑޮކްޓަރާ ޕޮޒިޓިވްވި 3 ދިވެހިންނަށް ހެޔޮ ދުޢާކޮށްދެއްވާ!

ރޮޔަލް އައިލަންޑުގައި ޚިދުމަތްކުރަމުން ދިއަ ބިދޭސީ ޑޮކްޓަރަކު މިހާރު ވަނީ ރޯގާގެ ބައެއް ޢަލާމާތްތައް ފެނިގެން އެކަހެރިކޮށްފައެވެ. އަދި ޑޮކްޓަރުގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ. އެކަން ހާމަކުރައްވާފައިވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކްއެވެ. 

މިއަދު ރާއްޖެ އައި 2 މީހެއްގެ ތެރެއިން އެކެއްގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެންނަން ހުރުމުން ވެލިދޫ ރިޒޯޓަށް ގެންދެވިފައިވާ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެގެން މިހާރު ފަރުވާކުރަމުން ދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި 3 ދިވެހިންނަށެވެ! 

ރައްޔިތުންނަށް ކުރެވެން އޮތް ކަމަކީ ޑޮކްޓަރަށާއި ޕޮޒިޓިވްވެފައިވާ 3 ދިވެހިންނަށްޓަކައި އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާ ކުރުމެވެ. ކޮރޯނާ ބަލީގެ ޝިކާރައަކަށް އެއްވެސް ދިވެއްސަކު އަދި ރާއްޖޭގައި ހުރި މީހަކުވެސް ނުވުން އެދި ދުޢާކުރުމެވެ! ރާއްޖެ އާއި ދުނިޔެ ކޮރޯނާ ވައިރަސްގެ ވަބާއިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމެވެ.

މިއަދު އޮންލައިން