މިއަދުގެ މިވަގުތާއި ހަމައަށް ބަލައިފިނަމަ ދުނިޔޭގެ ކަންކޮޅުތަކުން ކޮރޯނާ ޖެހުނު މީހުންގެ ރަސްމީ ޢަދަދަކީ 799,723 އެވެ. މިއީ 800،000 އަށް 277 މީހުން މަދު ޢަދަދެކެވެ. ވީމާ މިވަގުތާއި ހަމައަށް ކޮރޯނާ ޖެހުނު މީހުންގެ އަޞްލު ޢަދަދު މިހާރު ވާނީ 800،000 އަށްވުރެ މަތިވެފައެވެ.
މިވަގުތާއި ހަމައަށް ފެންނަން ހުރި ރަސްމީ ހިސާބުތަކަށް ބަލާއިރު މަރުވި މީހުންގެ އަދަދަކީ 38،721 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 169,988 އެވެ.
އެންމެ ގިނަ މީހުން މަރުވި އިޓަލީގައި މަރުވި މީހުންގެ ޢަދަދަކީ
11,591 އެވެ. ދެވަނައަށް އެންމެ ގިނަ ސްޕޭންގައި މަރުވި މީހުންގެ އަދަދަކީ 8,189 އެވެ. ވީމާ އިޓަލީ އާއި ސްޕޭންގައި މަރުވި މީހުންގެ އަދަދު މިވަނީ ދުނިޔޭގައި މަރުވި މީހުންގެ އަދަދުގެ ދެބައިކުޅަ އެއްބައަށްވުރެ 839 ގިނަވެފައެވެ.
އެމެރިކާގެ ޙާލަތަށް ބަލައިފިނަމަ ބަލި ޖެހުނު މީހުންގެ ޢަދަދަކީ 164,359 އެވެ. މަރުވި މީހުންގެ ޢަދަދަކީ 3,173 އެވެ. މިއީ ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިޓަލީއަށްވުރެ 62،620 މީހުން ގިނަ ޢަދަދެކެވެ.