މިއީ ގޭގަ ތިބެގެން ކުޅިވަރާ މިޔުޒިކް ކުޅެ އިޝްތިހާރުކުރަންވީ ވަގުތެއް ނޫނެވެ! ހެޔޮ އަމަލުކުރަން ހިތްވަރުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއީ ގޭގަ ތިބެގެން ކުޅިވަރާ މިޔުޒިކް ކުޅެ އިޝްތިހާރުކުރަންވީ ވަގުތެއް ނޫނެވެ! ހެޔޮ އަމަލުކުރަން ހިތްވަރުދޭށެވެ!

މިއަދު ދުނިޔޭގެ އެންމެންނަށްވެސް މިވަނީ ގޭގައި މަޑުކުރަން ޖެހިފައެވެ. ސޯޝަލް ޑިސްޓޭންސް ހިފެހެއްޓުމަކީ ސަބަބުގައި ހިފެހެއްޓުމެވެ. ޙަޤީޤީ ފއިދާއެއް ލިބުން އޮތީ ﷲ ތަޢާލާގެ އާއި ކުއްތަންވެވުނު މިންވަރަކުންނެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުނު ވަރަކުންނެވެ.

ވީމާ ގޭގައި ތިބޭ ވަގުތަކީ ކުޅިވަރާއި މުނިފޫހިފިލުމުގެ ވަގުތައް ނުހަދާށެވެ! ހަށިގަނޑަށް ބޭނުންވާ ކަސްރަތު ހޯދުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް މިއީ ކުޅިވަރާއި މިޔުޒިކު ކުޅެ އެކަންކަން އިޝްތިހާރުކުރާ ވަގުތަކަށް ނުހަދާށެވެ! މިހާލަތުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ތިމާ ވެސް ހެޔޮ ޢަމަލުތައް ކުރުމާއިއެކު އެހެން މީހުންނަށް ހެޔޮ ޢަމަލުތައް ކުރުމަށެވެ.

މީސްތަކުންނޭވެ! ކޮންމެ ބާވަތެއްގެ ނަމަވެސް ކުޅިވަރު ކުޅުމާއި މިޔުޒިކް ކުޅުމަކީ ތިމާގެ ވިސްނުން އެކަންކަމަށް ހުސްވެގެންދާނެ ކަންކަމެވެ. މިވަގުތު މުހިންމީ ވީހައި ގިނައިން ﷲ ތައާލާގެ މަތިން ހަނދުމަކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުމެވެ. ޛިކުރުކުރުމެވެ! މީސްތަކުންގެ ޙާލު ބަލައި އެހީތެރިވެވެން އޮތް ގޮތަކުން އެހީތެރިވެދިނުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ޢަމަލުތައް ކުރުން ގިނަ ކުރުމެވެ.

ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްކޮޅު ނަމަވެސް މިއާދަތައް ހަރުލެއްވިއްޖެ ނަމަ ފަހުންވެސް އެކަމުގެ ފައިދާ ކުރާނެއެވެ! އުނދަގޫ ކަމަކަށް ވަނީ ހެޔޮ ޢަމަލުތައް ކުރަން އާދަކުރުމެވެ. ހިތްވަރުން ނަމަވެސް އާދަކުރެވިއްޖެ ނަމަ ހެޔޮ އަމަލުކުރުމަކީ ދެވިހިފާކަމެކެވެ. ނުކޮށް ހުންނަން އުނދަގޫވެސްވާ ކަމެކެވެ. ގަދައަޅައި މަސައްކަތްކުރަންވީ ހެޔޮ ޢަމަލުކުރަން ދެވި ހިފާފައިވާ މީހަކަށް ވުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން